ޢަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެ އިސްފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު ފާއިޒް ޙުސައިން އިސްވުން - 7 އޯގަސްޓް 2008

މިހިނގާ 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވީ ބުރާސްފަތި ދުވަހު ދިވެހި ޖުމްހޫރިއްޔާގެ އާ ޤާނޫން އަސާސި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން، ޤާނޫން އަސާސީގެ 282 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އުއްތަމަފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ މީހަކު ޢައްޔަން ކުރެވެންދެން، ޢަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެ އިސްފަރާތެއް އެ މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅުމަށްޓަކައި، ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މެދުގައި ނެގުނު ސިއްރު

(އިތުރު ތަފްސީލް)

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އުއްތަމަފަނޑީޔާރުގެ މަޤާމުން ވަކިވުން - 7 އޯގަސްޓް 2008

މިހިނގާ 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވީ ބުރާސްފަތި ދުވަހު ދިވެހި ޖުމްހޫރިއްޔާގެ އާ ޤާނޫން އަސާސީ ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން، ޤާނޫން އަސާސީގެ 285 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތަޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް އެ މަޤާމުން ވަކިވެވަޑައިގެންފިއެވެ.

(އިތުރު ތަފްސީލް)