Maldives High Court

ކޯޓުގެ އިރުޝާދު

ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަންނާނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު އެއްގަޑި ބަޔަށެވެ.‫​ އެހެނިހެން ލިޔުންތައް މެންދުރު ދޭއް ޖަހަންދެން ބަލައިގަންނާނެއެވެ.‫​
ކުށުގެ ރެކޯޑް ސާފުކުރުމަށް ހެނދުނު 10 ގެ ކުރިން ހުށަހަޅާ ފޯމްތައް، ހަމަ އެ ދުވަހެއްގެ މެންދުރު އެކަކާ ދޭކާ ދެމެދު ދޫކުރެވޭނެއެވެ.‫​ ހެނދުނު 10 ގެ ފަހުން ހުށަހަޅާ ފޯމްތައް ދޫކުރާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ހެނދުނު ނުވަޔަކުން ފެށިގެންނެވެ.‫​