ހައިކޯޓަށް ފަނޑިޔާރަކު އައްޔަން ކުރައްވައިފި.
2018-01-25

ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ
އިތުރަށް ވިދާޅުވެލައްވާ ....

ހައިކޯޓަށް ފަނޑިޔާރަކު އައްޔަން ކުރައްވައިފި.
2018-01-25

ޖުޑީޝަލް ސަރވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، އަލްއުސްތާޛު މުޙައްމަދު ނިޔާޒު އައްޔަން ކުރައްވައިފިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވި، އަލްއުސްތާޛު މުޙައްމަދު ނިޔާޒުއަށް ފަނޑިޔާރުކަމުގެ ހުވާލައިދެއްވީ، ސިވިލް ކޯޓްގެ އިސް ފަނޑިޔާރު އަބްދުﷲ އަލީ އެވެ. ފަތްކޮޅު އެރުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރިން ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައެވެ.


ފަހުގެ ޤަޟިއްޔާތައް