ދިވެހިރާއްޖޭގެ ހައިކޯޓުގެ 37ވަނަ އަހަރީ ދުވަސް
2017-10-05

މިއަދަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 37 ވަނަ އަހަރީ
އިތުރަށް ވިދާޅުވެލައްވާ ....

ދިވެހިރާއްޖޭގެ ހައިކޯޓުގެ 37ވަނަ އަހަރީ ދުވަސް
2017-10-05

މިއަދަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 37 ވަނަ އަހަރީ ދުވަހެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ 37ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ހަފްލާއެއް ހައިކޯޓުގައި މިރޭ ބާއްވާފައިވެއެވެ.

މި ހަފްލާގައި ހައިކޯޓުގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޚާއްސަ ސެޓްފިކެޓެއް ދީފައިވެއެވެ.

ޤާނޫނު ނަންބަރު 68/3 ޖ. އޮފިޝަލް ކަންތައް ޗެޕްޓަރ 3 ށް 64 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ހައިކޯޓު އުފެދިފައިވަނީ 5 އޮކްޓޫބަރ 1980 ގައި، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރަކުންނެވެ. ހައިކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޛުއްޝައިޚް މަރްހޫމް މޫސާ ފަތުޙީ ޤާސިމްއާއި އެކު އޭރު ހައިކޯޓުގައި މަސައްކަތް ކުރެއްވީ 3 ފަނޑިޔާރުންނާއި، 15 މުވައްޒަފުންނެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ" 07 އޯގަސްޓް 2008 ގައި ތަޞްދީޤު ކުރެވި އެޤާނޫނު އަސާސީގެ 282 ދެވަނަ މާއްދާގެ ދަށުން، 2008 ސެޕްޓެމްބަރ 18 ވަނަ ދުވަހު އިންތިޤާލީ ސުޕްރީމްކޯޓު އުފެދެންދެން، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެންމެ އިސްކޯޓެއްގެ ގޮތުގައި ހިނގަމުން އައިސްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓެވެ.


ފަހުގެ ޤަޟިއްޔާތައް