![]() |
|||||||||||||
|
|||||||||||||
|
ދިވެހިރާއްޖޭގެ ހައިކޯޓުގެ ވެބްސައިޓަށް މަރުޚަބާ! މިސައިޓަކީ ހައިކޯޓާއި ގުޅޭގިނަ މަޢުލޫމާތުތަކެއް ލީބޭނެ އަދި ބޭނުންފުޅުކުރައްވަން ފަސޭހަ ސައިޓަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. ދިވެހިރާއްޖޭގައި ވަކި އޮފީސްތަކެއްގެ ގޮތުގައި ކޯޓްތައް އުފެދި އެތަންތަނުން ޢަދުލް އިންޞާފުގެ މުހިންމު ޚިދުމަތް ރައްޔިތުންނަށް ދެވެންފެށިފައިވަނީ ހިޖްރީސަނަތުން 1327 ވަނަ އަހަރުގައި ކަމަށްވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލު ކުރުމާއެކުއެކީ ގައި ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މަސައްކަތަށް ވެރިކަމުގެ ފަރާތުން ބޭފުޅުން ޢައްޔަންކުރެވި އެކަން ވަނީ އޭރުގެ ޙަލަތާ އެކަށޭނަގޮތަކަށް ހިނގަންފަށާފައެވެ. ވެރިކަމުގެ ފަރާތުން ރާއްޖޭގެ ޝަރުޢީ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެވި ރައްޔިތުންނަށް ފަސޭހަކަމާއެކު ޢަދުލު އިންޞާފު ލިބިދިނުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފައްދަވައި ކޯޓްތަކުން ކަނޑައެޅޭ ނިޔާއާމެދު ޔަޤީންކަން އިތުރުކޮށް އިތުބާރު ބޮޑުކުރުމުގެ މަޤްޞަދުގައި 0891 ވަނައަހަރު އޮކްޓޯބަރމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓް އުފެއްދެވިއެވެ.
|
||||||||||||
|
|||||||||||||